ފަހުގެ ޚަބަރު
ރައީސް ކެމްޕެއިނަށް: ދޮރުން ދޮރަށް ވަޑައިގަތީ މާފަންނަށް
ތ.އަތޮޅުގެ ތަރައްޤީގެ މަޝްރޫއުތަކާމެދު ރައްޔިތުން ހިތްހަމަ ޖެހޭތަ؟
އިލެކްޝަނަށް އިތުރު 10 ދުވަސް ދޭން އެމްޑީޕީން އެދިއްޖެ
ވޭމަންޑޫ އާއި ހިރިލަންދޫއަށް އާރުޑީސީއިން ސާމާނު ފޮނުވައިފި
"ބަޔޯސެކިއުރިޓީ ފޯ އިމްޕޯޓް އެންޑް އެކްސްޕޯޓް އޮފް ޕްލާންޓް ޕްރޮޑަކްޓްސް އިންޓު ދަ މޯލްޑިވްސް" ގެ ނަމުގައި ތަމްރީނު ޕްރޮގްރާމެއް
ވިހި އަހަރުންދަށުގެ ސާފް ޗެންޕިއަންޝިޕް އޮންނާނީ ރާއްޖޭގައި
ބަދިގެ: މަސްފެން
ފޭރާއި އޭގެ ސިއްޚީ ފައިދާ
ލައިފްސްޓައިލް
ބަދިގެ: މަސްފެން

މަސްފެނަކީ ތ.އަތޮޅުގެ ރައްޔިތުންގެ އިތުރުން މުޅި ރާއްޖޭގައިވެސް ކެއުމުގެ މަގުބޫލް ބާވަތެކެވެ.

ބޭނުންވާނެ ތަކެތި

½ ޖޯޑު ވަޅޯމަސް (ކުދިކޮށް ކޮށާފައި)

15 ހިކަނދިފަތް

ލުނބޯ

ލޮނު

ގިތެޔޮ މިރުސް

1 ބޮޑު ފިޔާ (ކޮށާފައި)

2 ޖޯޑުގެ ކާށިކިރު

ތައްޔާރުކުރާނެ ގޮތް

ފިޔަ އާއި ހިކަނދިފަތާއި ގިތެޔޮ މިރުސް އެއްކޮށްލުމަށްފަހު ލުނބޮއާއި ލޮނު އަޅައިގެން ރަނގަޅަށް މޮޑެލާށެވެ. މޮޑޭއިރު ދިޔަ ނިކުންނަ ވަރަށް ފިޔާތައް ރަނގަޅަށް ޗަސްވެސް ކޮށްލަންވާނެއެވެ. އެއަށްފަހު ވަޅޯމަސްކޮޅު އަޅާލާފައި އަނެއްކާވެސް ވަރަށް ރަނގަޅަށް މޮޑެލާށެވެ. އެއަށްފަހު ކާށިކިރު އެޅުމަށްފަހު ރަނގަޅަށް އެއްކޮށްލާށެވެ.

މިހާރު ތިހުރީ މަސްފެން ހެދިފައެވެ.

ފޭރާއި އޭގެ ސިއްޚީ ފައިދާ

ފޭރަކީ އަނގަޔަށްމީރު ހަށިގަނޑަށް ފައިދާހުރި މޭވާ އެކެވެ. ފޭރަކީ ރާއްޖޭގެ ހުރިހާ ސަރަހައްދެއްގައިވެސް ހައްދާ މޭވާ އެކެވެ. އަނގަޔަށްމީރު މިމޭވާގައި އެކުލެވޭ ސިއްޚީ ފައިދާތަކަށް ބަލާލާއިރު:

ހަކުރުބަލިން ރައްކާތެރިކޮށްދިނުން
ފޭރުގެ ކޮންމެ 100 ގ އެއްގައި 5.4 ގ ފައިބަރ އެކުލެވޭ ކަމަށް ސިއްޚީ މާހިރުން ވިދާޅުވެއެވެ. ފޭރުގައި ގިނަ އަދަދަކަށް ފައިބަރ އެކުލެވުމުގެ ސަބަބުން ލޭގައި ހިމެނޭ ހަކުރުގެ މިންވަރު ދަށްކޮށްދީ ހަށިގަނޑުން ހަކުރު ބޭނުންކުރާ މިންވަރު ދަށްކޮށްދެއެވެ.

ކެންސަރުން ރައްކާތެރިކޮށްދިނުން
ފޭރުގެ ކޮންމެ 100 ގ އެއްގައި 5204 މައިކްރޯ ގްރާމް ލައިކޯޕީން އެކުލެވޭ ކަމަށް ސިއްޚީ މާހިރުން ވިދާޅުވެއެވެ. ފޭރުގައި ގިނަ އަދަދަކަށް ލައިކޯޕީން އެކުލެވުމުގެ ނަތީޖާއެއްގެ ގޮތުން ޕްރޮސްޓޭޓް ކެންސަރާއި، އުރަމަތީގެ ކެންސަރު ފަދަ ނުރައްކާތެރި ބަލިތަކުން ރައްކާތެރިވުމަށް އެހީތެރިވެދެ އެވެ.

ލޭގެ ޕްރެޝަރ އެއްވަރެއްގައި ހިފަހައްޓައިދިނުން
ފޭރުގެ ކޮންމެ 100 ގ އެއްގައި 417 މިލިގްރާމް ޕޮޓޭސިއަމް އެކުލެވެއެވެ. ޕޮޓޭސިއަމް ލޭގެ ޕްރެޝަރު ކޮންޓްރޯލްކޮށްދީ، ހިތުގެ ވިންދު އެއްވަރެއްގައި ބެހެއްޓުމަށް އެހީތެރިވެދެއެވެ. އަދި ފޭރުގައި އެކުލެވޭ ފައިބަރ ގެ ސަބަބުން ލޭގެ ޕްރެޝަރު ދަށްކޮށްދީ، ލޭގެ ސަރުބީގެ މިންވަރު ދަށްކޮށްދީ، ލޭމައްޗަށްދިއުމާއި ހާޓް އެޓޭކް ޖެހުން ފަދަ ހިތުގެ ބަލިތަކާއި ދުރުކޮށްދެއެވެ.

ލޮލުގެ ފެނުން ރަނގަޅުކޮށްދިނުން
ކެރެޓާއި މަހުގެ ބާވަތްތަކާއި އެއްގޮތަށް ފޭރަކީވެސް ލޮލުގެ ފެނުން ރަނގަޅުކޮށް ދިނުމުގައި އެހީތެރިވެދޭ ކާނާ އެކެވެ. ފޭރުގެ ކޮންމެ 100 ގ އެއްގައި 624 އައިޔޫ ވިޓަމިން އޭ އެކުލެވެއެވެ. ވިޓަމިން އޭ ލޮލުގެ ފެނުން ރަގަޅުކޮށްދީ ލޮލުގެ ބަލިތަކުން ސަލާމަތްކޮށް ރައްކާތެރިކޮށް ދެ އެވެ.

މީގެ އިތުރުންވެސް ހަށިގަނޑަށް އެތައް ފައިދާ ތަކެއް ލިއްބައިދޭ މާއްދާތައް ފޭރުގައި އެކުލެވެއެވެ. އެހެންކަމުން ފޭރަކީ ދުޅަހެޔޮ ސިއްޚަތެއްގައި ހުރުމަށް އާދަކޮށް ކެއުން ރަނގަޅު މޭވާ އެކެވެ.

މަސްދަރު: ދިއިސްލާމް.ކޮމް

އިޖްތިމާއީ އެހީއަށް އެދުމަށް ހެލްޕް ޑެސްކެއް ޤާއިމްކޮށްފި

ސަރުކާރުން ހުޅުވާލާފައިވާ އިޖުތިމާޢީ އާންމު އެހީތަކަށް އެދުމަށް "ހެލްޕު ޑެސްކެއް" ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އޭޖެންސީ އެންސްޕާއިން ޤާއިމުކޮށްފިއެވެ.

ސަރުކާރުން ވަނީ މިއަހަރުގެ ފުރަތަމަ ދުވަހުން ފެށިގެން އާސަންދައިގެ ދަށުން ތެރަޕީގެ ޚިދުމަތްތައް ދިނުމުގެ އިންތިޒާމާއި، ތެލެސީމިއާ ކުދިންނަށް އެލަވަންސް ދިނުމަށް ނިންމާފައިވާފައެވެ.

މި "ހެލްޕް ޑެސްކް" ޤާއިމު ކުރީ ހެންވޭރު ފެރީ ޓަރމިނަލްގެ އެންމެ ތިރީ ފަންގިފިލާގައެވެ. ސަރުކާރުން ބަންދު ދުވަސްތައް ފިޔަވައި ކޮންމެ ދުވަހަކު ހެނދުނު 08:30 އިން ހަވީރު 04:00 އަށް އެޑެސްކުން ޚިދުމަތް ލިބޭނެކަމަށް އެންސްޕާއިން ވިދާޅުވެއެވެ.

ވައްތީނި: ސިއްޚީ އެތައް ފައިދާއެއް ލިބޭ މޭވާއެއް
ވައްތީނިއަކީ އެތެރޭގައި ކުދި އޮށްތަކެއް ހުންނަ ހަށިގަނޑަށް ބޭނުންވާ ތަފާތު ބައިތައް އެކުލެވޭ އަނގަޔަށް މީރު މޭވާއެކެވެ. ތާޒާ މޭވާއެއްގެ ގޮތުގައި ބޭނުންކުރުމުގެ އިތުރުން ވައްތީނިއަކީ ހިއްކައިގެންވެސް ކެއުމުގައި ބޭނުންކުރާ މޭވާއެކެވެ. ވައްތީނިން ލިއްބައިދޭ ސިއްޚީ ފައިދާތައް ވަރަށް ގިނައެވެ. - ކެންސަރު ބައްޔާއި ދުރުކޮށްދިނުން: އެގޮތުން ވައްތީނީގައި އެކުލެވޭ ފައިބަރުގެ މާއްދާގެ ސަބަބުން ގޮހޮރުގެ ކެންސަރާއި އުރަމަތީގެ ކެންސަރާއި މީހާ ދުރުކޮށްދީ ދުޅަހެޔޮ ސިއްޚަތެއްގައި ހުރުމަށް އެހީތެރިވެދެއެވެ. - ހިތުގެ ބަލިތަކުން ރައްކާތެރިކޮށްދޭ: ވައްތީނީގައި ހިމެނޭ ފެޓީ އެސިޑްގެ މާއްދާތަކަކީ އެމާއްދާތަކުގެ ސަބަބުން ހިތުގެ ބަލިތަކުން ހަށިގަނޑު ދުރުކޮށްދޭ މާއްދާ ތަކެކެވެ. - ހަކުރު ބައްޔަށްވެސް ފަރުވާއެއް: ވައްތީނީގައި އެކުލެވޭ ފައިބަރ އަދި ޕޮޓޭސިއަމް މާއްދާގެ ސަބަބުން ލޭގައި އެކުލެވޭ ހަކުރުގެ މިންވަރު އެއްވަރެއްގައި ހިފެހެއްޓުމަށް އެހީތެރިވެދެއެވެ. - ކަށިތައް ވަރުގަދަވޭ: ވައްތީނިއަކީ އޭގައި ގިނަ އަދަދަކަށް ކެލްސިއަމް އަދި ޕޮޓޭސިއަމް އެކުލެވޭ މޭވާއެކެވެ. މިކަމުގެ ސަބަބުން އާދަކޮށް ވައްތީނި ކެއުމުގައި ބޭނުންކުރާ މީހުންގެ ހަށިގަނޑުގެ ކަށިތައް ވަރުގަދަކޮށް ރަގަޅުކޮށް ދިނުމުގައި ވައްތީނި މުހިއްމު ރޯލެއް އަދާކުރެއެވެ. - ސަރުބީގެ މިންވަރު ދަށްކޮށް ބަރުދަން ލުއިކުރުމަށްވެސް އެހީއެއް: ވައްތީނީގައި އެކުލެވޭ ޕެކްޓިން އަދި ފެނަށްގިރޭ ވައްތަރުގެ ޑައެޓްރީ ފައިބަރު ގެ ސަބަބުން ހަޖަމުކުރާ ނިޒާމްގެ ތެރެއިން ފައިބަރު ދައުރުކުރަމުންދާއިރު، އެއާއި އެކުގައި ސަރުބީ ހަށިގަނޑުން ވަކިކޮށް، ބޭރު ކުރެއެވެ. އަދި ހަމަ ބަރުދަން ލުއިކުރުމުގައިވެސް ފައިބަރ މުހިއްމު ދައުރެއް އަދާކޮށްދެއެވެ. - ޖިންސީ ގޮތުން ކުރިމަތިވާ ބަލިމަޑުކަމަށް ފަރުވާއެއް: އެގޮތުން ޖިންސީ ވަޅޯކަން ކުރިމަތިވާ ފަރާތްތަކުން ވައްތީނި ކިރު ތައްޓެއްގެ ތެރެއަށް ލާފައި އެއްރޭ ވަންދެން ފޯކުރުމަށްފަހު ބޭނުންކުރަމުން ގެންދިޔުމުން ޖިންސީ ވަޅޯކަމަށް ހައްލެއްލިބި ޖިންސީ އެދުންވެރިކަން އިތުރުކޮށްދޭ ކަމަށް ކަމާއި ބެހޭ މާހިރުން ވިދާޅުވެއެވެ. މަސްދަރު: ދިއިސްލާމް.ކޮމް